English Edition
Dhivehi Edition

ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީ އުފައްދަން އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ހުށަހެޅި ފޯމްތައް ޞައްޙަ ނޫން ކަމުގައިވަނީ ނަމަ، އެހެން ސިޔާސީ ޕާޓީތައް އުފައްދަން ހުށަހެޅި ފޯމްތައްވެސް ޞައްޙަ ނުވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ

ނިހާން ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ މުއައްސިސްކަމުގައި އުފެއްދެވުމަށް މަސައްކަތް ކުރަމުންދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ބައެއް ފޯމުތައް ޞައްޙަ ނޫންކަމަށް އީސީ އިން ނިންމާފައިވަނިކޮށެވެ

މީގެ އިތުރުން މިއަދު ‘އަވަސް’ އަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ ޕީއެންސީއަށް ވަރަށް ބޮޑަށް ތަފާތު ކުރަމުން އަންނަ ކަމަށާއި އެގޮތުން ޕާޓީގެ ފޯމްތައް ހަމައެއް ލަމައެއް ނެތި ބާތިލު ކުރަމުން ދަނީ އެއްވެސް އުސޫލަކުން ނޫން ކަމަށެވެ.

މަޖިލީސް އިންތިހާބާއި ދިމާކޮށް ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް ރަޖިސްޓްރީ ކުރަމުންދާއިރު ، ޕީއެންސީ އުފެއްދުމަށް 4000 ފޯމް ހުށަހެޅިތާ 24 ގަޑިއިރުވެސް ނުވަނީސް އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވަނި ޕީއެންސީ އުފެއްދުމަށް ހުށަހެޅި ފޯމްތަކުގައި މައްސަލަ ހުރިކަމަށް ވިދާޅުވެފައެވެ

މި މައްސަލަ އާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީ ރަޖިސްޓާ ކުރުމަށް 4000 ފޯމް ހުށަހެޅިތާ މިއަދަށް 15 ދުވަސްވެފައިވާ އިރު ހުއްދަ ނުދީ ދިގު ދަންމަމުން ގެންދާކަމަށާއި އީސީގެ މެންބަރުން ކޮންގްރަސް ޕާޓީއާ މެދު ތަފާތުކޮށް އަމަލު ކުރަމުން އަންނަނީ ޒާތީ ގޮތުން ކަމަށެވެ