English Edition
Dhivehi Edition

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކުރުމުގެ ހުއްދަ ނުދީ އިލެކްޝަންސް ކޮމިޝަނުން ލަސްކުރަނީ،ޒާތީވެގެން ކަމަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީޕާޓީ ރަޖިސްޓްރީ ކޮށްދިނުން ލަސްވާ ސަބަބާ ގުޅޭގޮތުން އީސީގެ މެމްބަރު އިސްމާއިލް ހަބީބާ ސުވާލުކޮށްފައިވާކަމަށެވެ. އަދި އަދުރޭގެ ސުވާލަށް ޖަވާބު ދެމުން “އެއީ ޖެއްސުމުގެ އަމަލެއް” ކަމަށް ހަބީބު އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި އެ މައްސަލައިގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފަށް ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވާކަމަށް އަދުރޭވަނީ ވިދާޅުވެފައެވެ

މީގެ އިތުރުން އަދުރޭ ވިދާޅުވީ ޕީއެންސީ އުފެއްދުމަށް 5،100 ފޯމް ހުށަހެޅުމުން އޭގެ ތެރެއިން ސައްހަ ކަމަށް އީސީން ކަނޑައަޅާފައިވަނީ 2،300 ފޯމް ކަމަށެވެ.އަދި ޕީއެންސީއަށް ސޮއިކުރި ހުރިހާ މެމްބަރުންނަށް ގުޅައިގެން ފޯމް ސައްހަތޯ ބަލާކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި އެކަމާއި ގުޅިގެން ސުވާލުކުރުމުން އިލެކްޝަނުން ދީފައިވާ ޖަވާބަކީ، މީހުންނަށް ގުޅަމުންދަނީ ހުށަހެޅިފައިވާ ޝަކުވާތަކެއްގެ ސަބަބުން ކަމަށެވެ

ޕީއެންސީ ރަޖިސްޓްރީ ނުކޮށްދޭ އީސީން މަސައްކަތް ކުރަނީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ބޭފުޅުން މަޖިލީހަށް ވާދަ ކުރުމަށް ހުރަސް އެޅުމަށް ކަމަށް އަދުރޭވަނީ ތުހުމަތު ކުރައްވާފައެވެ

.