English Edition
Dhivehi Edition

ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއެއް ރެޖިސްޓްރީ ކުރެވޭނީ 3،000 މެންބަރުން ހަމަކޮށްގެންނެވެ.

ކޮވިޑް19ގެ ސަބަބުން، މި އުސީލަށް އަމަލުކުރުން މަޑުޖައްސާލާފައި އޮތުމަށްފަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ވަނީ މި އުސޫލަށް އަމަލުކުރަން ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީ ކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 3،000 މެންބަރުން ހަމަނުވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީ) އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޕާޓީގައެވެ.

ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް، އެ ޕާޓީތަކަށް މެންބަރުން ހަމަކުރަން ތިން މަސް ދުވަހުގެ ނޯޓިސް ދޭން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ.