އައްޑޫސިޓީ ހިތަދޫ މެދުދާއިރާގެ މަޖިލިސް ގޮނޑި އަޒާން ކާމިޔާބު ކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ އިިންތިޚާބުގައި އަޒާން މި ގޮނޑި ކާމިޔާބު ކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލިހުގައި އައްޑޫސިޓީ ހިތަދޫ މެދު ދާއިރާ ތަމްސީލް ކުރައްވަވާނެ ކެންޑިޑޭޓަކަށް ސަރުކާރުގެ ކެންޑިޑޭޓް އަޙްމަދު އަޒާން ހޮވިއްޖެއެވެ.
މިއީ މިދާއިރާގެ ގޮނޑި އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.