English Edition
Dhivehi Edition

ސައިކަލު ދުއްވާއިރު އަޅާ ހެލްމެޓް ގަނެދޭނެ ބަޔަކު ހޯދުމަށް ޓްރާންސްޕޯޓު އޮތޯރިޓީން އިއުލާންކޮށްފި އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5،000 ހެލްމެޓް ބަހަން ނިންމާފައިވާއިރު، މިނިސްޓްރީން ކުރި އިއުލާންގައި ބުނީ ހެލްމެޓް ގަނެދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ކަމަށެވެ.

ޓްރެފިކަށް އާއްމުން ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕެއިނާ އެކު އަންނަ މަހު ހެލްމެޓް ބަހަން ނިންމާފައިވާއިރު ސަރުކާރުން ވަނީ ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު، އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރުކޮށްފަ އެވެ

ސިނަމާލެ ބްރިޖުގައި ހިނގާ އެކްސިޑެންޓްތައް ގިނަ ވެފައިވާއިރު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވީ ބުރިޖުގައި ގައި ހިނގާ އެކްސިޑެންޓް އަދި ހިތާމަވެރި ކަންތަކަށް ހައްލު ހޯދާ ނިމުމެއް ގެނައުމަށް ހެލްމެޓް އެޅުން ގަވާއިދަކުން މަޖުބޫރު ކުރުވާނެކަމަށާއު ހެލްމެޓް ނާޅާ ދާނަމަ ފުލުހުން އެމީހަކު ހުއްޓުވާ ފިޔަވަޅު އަޅާބެކަމަށެވެ