ސިނަމާލެ ބްރިޖުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީއެއް އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އެ ހޮސްޕިޓަލާއި ހަވަލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާގެ ފިރިހެނެކެވެ.