English Edition
Dhivehi Edition
ބްރިޖް މަތިން ކަނޑަށް ފުންމާލި މީހަކު ފުލުހުން ސަލާމަތް ކުރަނީ/ފޮޓޯ ވޮއިސް
ސިނަމާލޭ ބްރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތް ކޮށްފިއެވެ.
މަންޒަރު ދުށް މީހަކާ ޙަވާލާދީ ސީއެން އެމުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ ބްރިޖްގެ މެދާ ހަމަޔަށް ދިޔައީ ކާރެއްގައެވެ. އެހާހިސާބުން ކާރުން ފައިބައިގެން ގޮސް މޫދަށް ފުންމާލީއެވެ.
މީހަކު ބްރިޖް މަތިން ފުންމާލިކަން ފުލުހުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އަދި ފުލުހުންގެ ލޯންޗްގައި އެމީހާ ސަލާމަތް ކުރުމަށް ފަހު މިހާރު އައިޖީއެމް އެޗަށް ގެންދެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ކަނޑަށް ފުންމާލާފައިވަނީ އިންޑިއާގެ 31 އަހަރުގެ ފިރިހެނެކެވެ.
މިޙާދިސާ ހިނގާފައިވަނީ މިއަދު 15.46 ގައެވެ.