English Edition
Dhivehi Edition

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ޝަރީއަތް މިއަދު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އިސްވެ ހުންނަވައިގެން ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ މަޖިލިސް އިންތިޚާބުގައި މަރަދޫފޭދު އާއި މީދޫ ދާއިރާ އެއްކޮށްލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިިންމުން ބާތިލްކޮށް މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ ވަކިކޮށް ދިނުމަށެވެ.

މިއަދު މެންދުރުފަހު މި މައްސަލައިގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވާއިރު މައްސަލަ ނިމެންދެން އައްޑޫގައި މަޖިލިސް އިންތިޚާބު ބޭއްވުމުގެ ކަންކަން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ

މިއަހަރުގެ އެފްރީލްމަހުގައި ބާއްވާ އިންތިހާބުގައި މާލޭގައި ދެ ދާއިރާއެއް އިތުރުކުރަން އީސީ އިން ނިންމާފައިވާއިރު މީދޫ މަރަދޫފޭދޫ ދާއިރާގެ މައްސަލައިގައި ގިނަ ބަޔަކު ވަނީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ