English Edition
Dhivehi Edition

ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވަން ބޭނުންފުޅުނަމަ ދީނަށް ފުރައްސާރަކުރަމުން ދާ މީހުން ހުއްޓުވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ އެތެރެ ކޮއިލުގައި ތިބި މީހުންވެސް ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްއަށް ހަޖޫ ޖަހަމުން ގެންދާކަމަށެވެ. އަދި ރާއްޖޭގައި ތިބި ލާދީނީ މީހުންނަށް އާ ހިތްވަރެއް ލިބިފައިވާ ކަމަށް އުމަރުވަނީ ވިދާޅުވެފައެވެ

އުމަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިސްލާމް ދީނުގެ ހުރުމަތް ކެނޑި އެއްވެސް ވެރިއެއްގެ ވެރިކަން ދެމިގެން ގޮސްފައިނުވާ ކަން ދިވެހި ތާރީޚު ހެކި ދޭކަމަށެވެ. މީގެ އިތުރުން އުމަރުވަނީ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ވެރިކަން ނިމިގެން ދިޔަ ގޮތުގެ ވާހަކަވެސް ފޭސްބުކްގައި ހިއްސާކުރައްވާފައެވެ.މި ގޮތުން އުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގެ ވާހަކަ އާ އަދި ދެވަނަ ޖުމްހޫރިއްޔާގެ ތިން ވަނަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމިގެން ދިޔަ ގޮތަށް ބެލިނަމަވެސް އުމަރުގެ ވާހަކައަކީ ހަގީގަތްކަން އެގިގެންދާނެ ކަމަށް ވިދާޅުވެފައެވެ

އެހެންކަމުން ރައީސް ޞޯލިހުވެސް ވެރިކަމުގެ 5 އަހަރުގެ ދައުރު ފުރިހަމަ ކުރައްވަން އެދިވަޑައިގަންނަވާނަމަ ދީނަށް ފުރައްސާރަ ކުރަމުން ގެންދާ މީހުން ހުއްޓުވާ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ފާޅުގައި ދީނަށް ފުރައްސާރަކުރުން އާންމުވެފައިވާއިރު އަދި މިހާތަނަށް މިކަމާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ މާ ބޮޑު ފިޔަވަޅެއް އަޅާފައެއް ނެތެވެ