English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފިއެވެ

އެ ކޮމިޝަނުން އިއްޔެ ކޮށްފައިވާ އިއުލާންގައިވަނީ މި ކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން 07 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް އަދި އަތޮޅުތެރޭގައި ނަމަ ރަށު/ އަތޮޅު/ ސިޓީ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުމަށް އެ ކޮމިޝަނުންވަނީ އެދިފައެވެ.އަދި އީމެއިލް ކުރައްވާނަމަ[email protected] އަށް ފޮނުއްވުން ކޮމިޝަނުންވަނީ އެދިފައެވެ. އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފޯމު، ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.election.gov.mv އިން ލިބެންހުންނާނެއެވެ

އިލެކްޝަންގެ އޮފިޝަލަކަށް ވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި

  • ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން.
  • އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  • ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  • އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
  • މިފަދަ މަސައްކަތަކަށް ޞިއްޚީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން. ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔުމުގެ ކޮޕީ
  • ޕާސްޕޯޓް ސައިޒުގެ ނެގިފަހުން 03 މަސް ނުވާ 1 ގަނޑު ފޮޓޯ މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން މާޗް މަހުގައި ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭއިރު މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެކަމަށް އީސީ އިންވަނީ ބުނެފައެވެ.