English Edition
Dhivehi Edition

މީރު އިލެންޑް ރިސޯޓުގެ ފަޅުތެރޭގައި އޮތް، އެ ރިސޯޓުގެ ސަފާރީއެއްގައި އެއްޗެއް ގޮވައި ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ

މއަދު 11:45 އެހާކަށްހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެއްސަކާއި ސްރީލަންކާގެ ރައްޔަތަކަށް ކަމަށެވެ .މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ ‘ސަރާ’ ނަމަކަށް ކިޔާ ސަފާރީގައި އެއްޗެއް ގޮވައި ހިނގި ހާދިސާގައި އެ ދެ މީހުންގެ މޫނާއި ބަނޑު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ ރިސޯޓްގެ ފަރާތުން އެ ދެމީހުންނަށް ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު ފަރުވާދެމުން އަންނަކަމަށެވެ

ސަފާރީގައި އެއްޗެއް ގޮވަން މެދުވެރިވި ސަބަބު އަދި އެގިފައިނުވާއިރު މި ހާދިސާގައި އެއްވެސް ވަރަކަށް އަލިފާން ރޯވެފައި ނެތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ޓެގު