English Edition
Dhivehi Edition

18 އަހަރަށްފަހު ބޮލީވުޑްގެ މަޝްހޫރު ޖޯޑު، އަނިލްކަޕޫރް އާއި މަދޫރީ ޑިކްސިޓް އެކުގައި ކުޅެފައިވާ ފިލްމު ‘ޓޯޓަލް ދަމާލް’ އަންނަ މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިއްޖެއެވެ

ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ދެ ތަރިން އެކުގައި ފެންނަ މި ފިލްމަށް ގިނަ ބަޔަކު އިންތިޒާރުކުރަމުންދާއިރު މި ފިލްމުގެ ޓްރެއިލާ މި މަހުގެ 21 ވަނަ ދުވަހު ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.ހެއްވާ މަޖާ ފްރެންޗައިޒް “ދަމާލް” ގެ ތިން ވަނަ ބައިގެ ގޮތުގައި ގެނެސްދޭ “ޓޯޓަލް ދަމާލް” ގެ ކާސްޓުންގެ ތެރޭގައި އަޖޭ ދޭވްގަން، ޖާވިދު ޖެފްރީ، އަރުޝަދު ވަރްސީ، ރިތޭޝް ދޭޝްމުކް، ޖޯނީ ލީވާ އަދި ސަންޖޭ މިޝްރާ ހިމެނެ އެވެ

އިންދަރު ކުމާރުގެ މި ހެއްވާ ފިލްމުގެ ހާއްސަ ލަވައަކުން ސޮނާކްޝީ ސިންހާ ވެސް ފެނިގެންދާއިރު މި ފިލްމުގެ ޕޯސްޓަރުވެސް ވަނީ މިހާރުދައްކާލާފައެވެ

“ތޭޒާބް” އާއި “ރާމް ލަކަން” އަދި “ޕުކާރް” ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަދޫރީ އާއި އަނިލްގެ މި ފިލްމަށް ގިނަ ބަޔަކު އިންތިޒާރުކުރަމުންދާއިރު މިއީ މަދޫރީ އާއި އަޖޭ އަދި އަނިލް މި ސީރީޒްއާ ގުޅުނު ފުރަތަމަ ފަހަރެވެ.