English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރު ބަނޑުބޮޑުކަން އިއުލާނުކޮށްފި އެވެ.

ސޯނަމް އަލަތު ދަރިފުޅަށް ބަނޑުބޮޑުވިކަން އިއުލާންކޮށްފައި ވަނީ އޭނާގެ ފިރިމީހާ އާނަންދް އަހޫޖާއާއެކު ހިއްސާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައެވެ.

މި އުފާވެރި ހަބަރު ހިއްސާކުރަމުން ސޯނަމް ބުނީ، އަލަތު ދަރިފުޅަށް މަރުހަބާ ކިޔަން އޭނާ އާއި ފިރިމީހާ އާނަންދު އަހޫޖާ ކެތް މަދުވެފައިވާކަމަށެވެ.

ސޯނަމް އާއި އާންނަދު ކައިވެނިކުރީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މަޝްހޫރު ފިލްމީތަރި އަނިލް ކަޕޫރާއި ސުނީތާ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ސޯނަމް އަށް ދަރިއަކު ލިބެން އުޅޭކަމުގެ ހަބަރާއެކު ގިނަ ބަޔަކު އަންނަނީ ސޯނަމް އާއި އާންނަދުގެ އިތުރުން އަނިލް ކަޕޫރަށްވެސް މަރުހަބާކިޔަމުންނެވެ،