ސޯނަމް ކަޕޫރް ލޮސް އެންޖަލިސްގައި އޭނާގެ ފިރިމީހާޔާއެކު ޗުއްޓީ ހޭދަކުރަނީއެވެ.ސޯނަމް ވަނީ އޭނާގެ އިންސްޓަރގްރާމްގައި ފިރިމީހާއި އަނަންދް އަހޫޖާ އާއި އެކު ރެސްޓްރޯރެންޓްގައި ކާން ތިބެ ފޮޓޯ ނަގާފައެވެ. ސޯނަމް އަކީ އަބަދުވެސް އޭނާގެ ފޮލޯވާސްއަށް އަޕްޑޭޓް ކުރާ މީހެކެވެ. ލޮސް އެންޖަލިސްގައި އޭނާ ވަނީ ރެސްޓޯރެންޓް ތަކަށާއި މިއުޒިޔަމް ތަކަށް ގޮސްފައެވެ.
ސޯނަމް ދަނީ މި އަހަރުގެ އޭނާގެ ފުރަތަމަ ފިލްމް “އެކް ލަޅްކީ ކޯ ދޭކާ ތޯ އޭސާ ލަގާ ” އަށް މިހާރު ތައްޔާރުވެފައެވެ. މި ފިލްމަކީ އޭނާޔަށް ވަރަށް ޙާއްސަ ފިލްމަކަށް ވެގެންދަނީ މިއީ އޭނާގެ ބައްޕަ އަނިލް ކަޕޫރް އާއި އެކު ކުޅޭ ފުރަތަމަ ފިލްމެވެ.ބެލެވޭ ގޮތުގައި މޮޅު މި ދެތަރީން ފެނިގެންދާ މި ފިލްމު ވަރަށް ކާމިޔާބު ވާނެއެވެ.
މި ފިލްމަށްފަހު ދެން ސޯނަމް ފެނިގެންދާނީ މިހާރު އޭނާ ޝޫޓިން ނަގަމުން އަންނަ ފިލްމު “ދި ޒޯޔާ ފެކްޓާ” އިންނެވެ.މި ފިލްމުގައި ސޯނަމްއާއި އެއްކޮށް ދެން ޙަރަކާތްތެރިވާނީ ދުލްގުއާ ސަލްމާން އާއި ސަންޖޭ ކަޕޫރް އެވެ.
“އެކް ލަޅްކީ ކޯ ދޭކާ ތޯ އޭސާ ލަގާ ” މި ފިލްމު ސްކްރީނަށް އަންނާނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ.މި ފިލްމުގައި އަނިލް ކަޕޫރްގެ އިތުރުން ޖުހީ ޗައުލާ އާއި ރާޖް ކުމާރް ރައޯ ފެނިގެން ދާނެއެވެ.