English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ސޯނަމް ކަޕޫރު ކައިވެންޏަށް ފަހު އޭނާގެ ނަމުގެ ފަހަތަށް އަހޫޖާ އިތުރުކޮށް އިންސްޓަގްރާމްގައި ނަން ލިޔެފިއެވެ.

ކަރީނާ ކަޕޫރު ޚާން ގޮތަށް ފިރިމީހާގެ ނަން ފަހަތަށް ލުމަށް ފަހު ސޯނަމް ކަޕޫރުގެ ނަން ވަނީ ސޯނަމް ކަޕޫރު އަހޫޖާއަށް ބަދަލުވެފައެވެ. މިމަހުގެ 8 ވަނަ ދުވަހު ކައިވެނީގެ ގޮތުން ގުޅިފައިވާ ސޯނަމް ކަޕޫރު ޚާން އަދި އާނަންދު އަހޫޖާގެ ކައިވެނީގެ އެކި ރަސްމިއްޔާތު ތަކުގެ ފޮޓޯތަކަށް ދުނިޔޭގެ އެތައް ބައެއްގެ ލޯ ވަނީ އަމާޒުވެފައެވެ.

ބޮލީވުޑްގެ ސުޕަރސްޓާރ އަނިލް ކަޕޫރުގެ ދަރިފުޅު ސޯނަމް ކަޕޫރު އަކީ އޭނާ ހެދުން އެޅުމުގައި ގެންގުޅޭ ތަފާތު ސްޓައިލްގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން އަމާޒުވެފައިވާ ތަރިއެކެވެ. މި ފެޝަން އައިކަން ވަނީ ފިލްމް”ނީރްޖާ”، “ޕްރޭމް ރަތަން ދަން ޕާޔޯ” ފަދަ މަޝްހޫރުކަން ހޯދާފައިވާ އެތައް ފިލްމެއް ކުޅެ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ.