English Edition
Dhivehi Edition

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕާޓީ ބަދަލުކޮށް ވައްކަމެއް ނުކުރެވޭނެ ކަމަށާއި އެ ފުރުސަތު ނުދެއްވަނެ ކަމަށް ކުރީގެ ރައީސް މުއްހައްމަދު ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް މަގުފަހިކުރުމަށްޓަކައި ކޮންމެހެން ވެސް މަޖިލީހުގެ ސާފު މެޖޯރިޓީ އެމްޑީޕީއަށް ލިބެން ޖެހޭ ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ މަޖީލީހުގައި ތަމްސީލް ކުރައްވާނީ ރައްޔިތުންގެ މަންދޫބުން ކަމުން މަޖިލިސް ބަރޯސާ ވާނީ ރައްޔިތުންގެ އުންމީދުތަކަށް ކަމަށެވެ.

މި ސަރުކާރުގެ ތަރައްޤީގެ ޕްލޭންތަކައި ބެހޭ ގޮތުން ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ރާއްޖެ ތަރައްގީކުރުމަށް އެމްޑީޕީން އެކުލަވާލި ޖަޒީރާ މެނިފެސްޓޯގައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ޖަޒީރާވަންތަކޮށް ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން، އެ ސިފަ ނުގެއްލޭނެ ގޮތެއްގެ މަތިން ކަމަށެވެ،