English Edition
Dhivehi Edition

ދީނުގެ އަދުއްވުން ހިމާޔަތް ކޮށްދީ، ދީނުގެ މުޖާހިދުންނަށް ބިރުދައްކަން ތަޙްޤީޤު ހިންގުމަކީ ހަމަ ލާދީނީކަންކަމަށް އައްޝައިހް އަހްމަދު މިހުސަން ވިދާޅުވެއްޖެއެވެ

ދީނީ ކަންކަމާމެދު ޚިޔާލުފާޅުކުރާ ފޭސްބުކް ޕޭޖެއް ކަމަށްވާ”ސިރޫ އާރޓްސް” ހިންގާ ސިރުހާނު މުހައްމަދު ފުލުހަށް ހާޒިރުކުރުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ގިނަ ޢިލްމުވެރިންވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން ސެކިއުލާ ވިސްނުމަށް ނުވަތަ ލާދީނީ ފިކުރަށް ތާއިދުކޮށް ވާހަކަދައްކާ މީހުންގެ ހިމާޔަތުގައި ދައުލަތުގެ އިދާރާތަކުން މަސައްކަތް ކުރަތީ އެކަމާ އިލްމުވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ

ސިރުހާނު ފުލުހަށް ހާޒިރުކުރި މައްސަލަ އާއި ގުޅިގެން އައްޝައިހް މުހައްމަދު ޝާފިއު ވިދާޅުވީ ދީނަށް ފުރައްސާރަ ކުރާ އެއްވެސް މީހަކު ފުލުހަށް ހާޒިރުނުކޮށް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން މަސައްކަތް ކުރާ މީހަކު ފުލުހަށް ހާޒިރު ކުރުމުން ލިބޭ މެސެޖް ވަރަށް ސާފު ކަމަށެވެ

މީގެ އިތުރުން އައްޝައިހް މުހައްމަދު ލަތީފް ވިދާޅުވެފައިވަނީ އިސްލާމީ ޝަރީޢަތުގެ ވާހަކަ ދައްކަންވާނީ އެ ޝަރީޢަތް ދަންނަ މީހުންކަމަށާއި އެހެން ނޫނީ ނޭނގެތިބެ ﷲ ގެ މައްޗަށް ބަސްބުނެވިދާނެ ކަމަށެވެ. އަދި އެހެން އެކަންވެއްޖެނަމަ އެއީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ. މީގެ އިތުރުން މުހައްމަދު ލަތީފް ވަނީ ޤުރުއާނާއި ސުންނަތުން ސާބިތުވާކަމަކަށް އިންކާރުކުރުމަކީ މުރުތައްދުވާނެ ކަމެއްކަމަށާ އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެފައެވެ.