English Edition
Dhivehi Edition
13 އޭޕްރީލް 2020 ވަނަ ދުވަހު ހުޅުމާލޭގެ މަގުތައް ފުލުހުން މޮނިޓަރކުރަނީ - ފޮޓޯ: ޕޮލިސް

ސޯޝަލް މީޑިއާގައި ދިވެހި ބަހުން ނަޞާރާ ދީނުގެ ޕޯސްޓްތަކެއް ހިއްސާކުރަމުން ދިޔަ ފޭސްބުކް ޕޭޖެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ދިވެހި ބަހުން އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާ ޕޯސްޓްތައްވެސް ހިމެނޭ މި ފޭސްބުކް ޕޭޖް، ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ދިވެހި ބަހުން އެހެން ދީންތައް ފަތުރަން އުޅޭ މައްސަލަތައް ފެންމަތިވަމުން އަންނައިރު، ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ދީން ގަބޫލުނުކުރާ ކަމަށް ބުނާ މައްސަލަތައް ވެސް އަންނަނީ އިތުރުވަމުންނެވެ.