“އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް” އަށް 2 މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖެގެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެމްބަރުކަމަށް ޑޮކްޓަރ ޢަލީ ޒާހިރު، މ. ހިތިމާގެ ވަނީ އައްޔަންކުރައްވާފައެވެ. އަދި މިޤާނޫނުގެ 9 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަން ކުރައްވާ މެމްބަރުކަމަށް ޏ. ފުވައްމުލައް، ދަނޑިމަގު، ރިހިވިލާގެ ޑޮކްޓަރު މޫސާ އަންވަރު ޙަސަން ވަނީ އައްޔަންކުރައްވާފައެވެ.
“އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސް” މިހާރު ހަމަޖެހިފައިވާ ގޮތް:
1- ޝައިޚް ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް، (ގ. ގަސްކަރަ) – ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
2- ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، (ދަފްތަރު. ރސ ނަންބަރު 8104) – ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
3- ޑޮކްޓަރ މޫސާ އަންވަރު ޙަސަން، (ދަނޑިމަގު، ރިހިވިލާގެ، ޏ. ފުވައްމުލައް) – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަން ކުރައްވާ މެމްބަރު
4- ޑޮކްޓަރ ޢަލީ ޒާހިރު، (މ. ހިތިމާގެ) – ދިވެހިރާއްޖޭހެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެމްބަރު
5- ޝައިޚް އިލްޔާސް ޙުސައިން، (ސިޕާރ، ސ. ހިތަދޫ)، – ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރު