English Edition
Dhivehi Edition
މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި ޑީއާރުޕީގެ ލީޑަރ، ޢަބްދުﷲ ޖާބިރު ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

ރާއްޖޭގައި ދިނީ މިނިވަންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދީނީ މިނިވަންކަން ދިނުމަށް ޖާބިރު ގޮވާލާފައިވާއިރު، މިއީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައްޔިތުން މަޖިލީހުގެ މެންބަރަކު މިހާފާޅުކަން ބޮޑު ގޮތެއްގައި ގޮވާލި ފުރަތަމަ ފަހަރެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ދިޔަ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ޖާބިރު ވަނީ ދީނީ މިނިވަންކަން ދިނުން އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ކީރިތި ޤުރުއާންގެ ސޫރަތުލް ކާފިރޫންގެ ހަތަރު ވަނަ އާޔަތް ވިދާޅުވަމުން ޖާބިރު ވަނީ ރާއްޖޭގައި ދީނީ މިނިވަންކަން ދޭންޖެހޭކަމަށް ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވި އާޔަތުގެ މާނައަކީ “ތިޔަ ބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަން ކަލޭގެފާނަށް ތިމަން ކަލޭގެފާނުގެ ދީނެވެ.”