English Edition
Dhivehi Edition

ސިނަމާލެ ބްރިޖް މަތީގައި ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅައި، މީޓާ ޓެކްސީ ރާއްޖެއަށް ތައާރަފް ކުރަން ޓްރާންސްޕޯޓް މިނިސްޓްރީއިން ނިންމައިފި އެވެ

ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ބްރިޖުން ދަތުރުކުރާއިރު މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރުވާނެ ކަމަށާއި އެ ބަދަލަކީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާފައި ގެންނަ ބަދަލެއް ކަމަށެވެ.”ބްރިޖް މަތީގައި އެކްސިޑެންޓްތައް ގިނަވަމުންދާތީ، ހެލްމެޓް އެޅުމަކީ ބްރިޖް ހުރަސް ކުރާއިރު މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމާފަ. މިއީ ބްރިޖު މަތީގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކުން ބޮލަށް އަނިޔާވެ ފުރާނައަށް ނުރައްކާވުން ހުއްޓުވަން އޮތް ހައްލެއް”ނަހުލާ ވިދާޅުވިއެވެ

މީގެ އިތުރުން ނަހުލާ ވިދާޅުވީ ޓެކްސީތަކުގައި މީޓަރު ހަރުކޮށްގެން ދަތުރުކުރާ ގޮތަށް ބަދަލުކުރަނީ އެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކާއި ޚިދުމަތް ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތަކަށް ބެލުމަށް ފަހުކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީ ޚިދުމަތާ ގުޅޭ ގޮތުން އަންގާރަ ދުވަހުގެ ރޭ ފޯރަމެއް ވެސް ބާއްވައިފަ އެވެ.