މި ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ގާއިމް ކުރާ އެސްއެމްއީ ބޭންކްގައި ފަސް ޕަސެންޓް ހިއްސާ ވުމަށް އައްޑޫ ސިޓީ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސޯދިގް ވިދާޅުވީ މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އެކި ބާވަތްތަކުގެ މާލީ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ތައާރަފްކޮށް، އެފަދަ ވިޔަފާރިތައް ފަށައި ފުޅާކުރުމަށް ބޭނުންވާ ފަންޑާއި އެހެނިހެން ޒަމާނީ މާލީ ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި އައްޑޫގެ ރައްޔިތުންގެ ބައިވެރި ވުން އޮންނަ ގޮތަށް އިކޮނޮމިކް މިނިސްޓްރީން އިން އެސްއެމްއީ ބޭންކެއް ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތަށް މަރުހަބާ ކިޔާ ކަމަށެވެ
އެހެންކަމުން އެކަމަށް އެހީތެރިވުމުގެ ގޮތުން އެކަމާއި ގުޅޭ ގަރާރު ފާސްކޮށް، ކައުންސިލުންވަނީ އެސްއެމްއީ ބޭންކްގެ ގެ ފަސް ޕަސެންޓް ހިއްސާގައި ކައުންސިލުން ބައިވެރިވުމަށް ނިންމާފައެވެ