English Edition
Dhivehi Edition
ފޮޓޯ:ސޯޝަލް މީޑިއާ

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އަށް ބޭނުންވާ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް އައްޑޫ ސިޓީގައިވެސް ފޯރިއާއި އެކު ކުރިއަށް އެބަދެއެވެ.

އައްޑޫ ސިޓީގެ ހުރިހާ އަވަށެށްގައި މިއަދު ހެނދު 9:15 ގައި ފެށި މި ހަރަކާތުގައި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގް ގެ އިތުރުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެމްޑީޕީ އަށް ތާއިދުކުރާ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެފައެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުގެ އިތުރުން ހުޅުދޫ މީދޫގައިވެސް ޕޯސްޓަރު ހަރުކުރުންވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން މީދޫ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރެއްވި ޝޫޒާގެ ބެލުމުގެ ދަށުން މީދޫ ޕޯސްޓަރު ހަރުކުރުން ކުރިއަށް ގެންދިޔަ އިރު ހުޅުދޫ ޕޯސްޓަރު ހަރުކުރުން ކުރިއަށް ދިޔައީ އެމްޑީޕީ ކެންޑިޑޭޓް ފައިޒްގެ އިރުޝާދާއެކުގައެވެ.

ފޮޓޯ:ސޯޝަލް މީޑިއާ

މިއަދު ހެނދުނު އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ އިވެންޓު ފައްޓަވައި ދެއްވުމަށް ފަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރުން ކަމަށެވެ. ކައުންސިލް އިންތިހާބަށް ނުކުންނަ އެމްޑީޕީގެ ކެންޑިޑޭޓުން ތިއްބެވީ ބަރާބަރަށް ތައްޔާރުވެގެންކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ކުރިއަށްދާ މިހަރަކާތް މެންދުރު 12:00 އިން 2:00އަށް މެދުކަނޑާލުމަށްފަހު، މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

ފޮޓޯ:ސޯޝަލް މީޑިއާ

އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުން ކުރާ ސްލޯގަންއަކީ “ރަށްވެހި ފަތިސް”އެވެ.

1 ކޮމެންޓް
ނަޖެޓްސް
ފެބުރުއަރީ 15, 2020
ރަށްވެހި ފަތިސް އަކީ ވެސް ބިލާހެއް