English Edition
Dhivehi Edition

 

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ކައުންސިލް ވޯކްޝޮޕްގެ ތެރޭގައި އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤު ކަންބޮޑުވުން ފާޅު ކުރެއްވި ދެ ކަމަކަށް ފެނަކައިން ޙައްލު ހޯއްދަވައި ދެއްވައިފިއެވެ.

ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭ އެއްކޮށް އިޢާދަ ކުރެނިވި ހަކަތަ ބޭނުން ކުރަން ފަށާއިރު އައްޑޫއަށް ކަރަންޓު ދިނުމުގައި ޑީސަލްއިން ހަކަތަ އުފެއްދުން އަދިވެސް ޚިޔާރު ކުރައްވާ ސަބަބު އައްސަވަމުން ސޯބެ ކުރެއްވި ސުވާލުގެ ޖަވާބު ގައި ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ އެކަން ޙައްލު ކުރުމަށްޓަކައި އައްޑޫސިޓީގައި ފްލޯޓިންގް ސޯލަރ ސިސްޓަމެއް ގާއިމުކުރުމަށް މި މަހުގެ ތެރޭގައި ޓެންޑަރ ކުރެވޭނެ ކަމަށެވެ.

 

ސަޢީދު ވިދާޅުވީ އައްޑޫ ސިޓީގައި 10 މެގަވޮޓުގެ ފްލޯޓިންގް ސޯލާ ސިސްޓަމެއް ގާއިމުކުރުމަށް މި ހިނގާ ޖެނުއަރީ މަހު ޓެންޑަރ އިން އިއުލާނު ކުރެވިގެންދާނެ ކަމަށާއި އަދި ލޭނުން 1 މެގަވޮޓުގެ ހަކަތަ ދިނުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އައްޑޫގައި ޖުމްލަ 11 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތަ ދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ މަސައްކަތު ބައްދަލު ވުމުގައި ފެނަކައިން ދޭ ފެނުގެ ޚިދުމަތަށް އަލިއަޅުއްވަމުން އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤު ވަނީ ފެނުގެ ހިދުމަތް ބޭނުން ނުކުރާ ގޭގެއިންވެސް މެދު ނުކެނޑި ފެންމީޓަރަށް ކޮންމެ ކަހަކު 30 ރުފިޔާ ނަގަމުން ގެންދާކަން ފާހަގަ ކުރައްވައި ސުވާލު އުފައްދަވާފައެވެ. ސޯބެ ވިދާޅުވީ އެއްގޮތަކަށްވެސް ފެން ބޭނުން ނުކޮށް ހުންނަ ގެތަކުންވެސް ކޮންމެ މަހަކު 30 ރުފިޔާ ނަގަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ބައެއް ގެތަކުގެ ބިލު ތިންހާހުން މައްޗަށް އަރައިގެންދާ ފަހަރުތައްވެސް އަންނަ ކަމަށެވެ. ގެއެއްގެ ފާރު ބުޑުގައި ހުންނަ އިސްކުރަކަށް 30 ރުފިޔާ ނަގަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސޯބެ ވަނީ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. މިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ ގޭގެ އަށް ލާފައިވާ ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާ ކަނޑާލުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ.

“މި ސަރުކާރުން ވެރިކަމާ ހަވާލު ވުމަށްފަހު އެ 30 ރުފިޔާ ކަނޑާލުމަށް ނިންމާފައިވާނީ. އަދި އެ 30 ރުފިޔާ ނުނެގުމަށް ފެނަކައިގެ ބޯޑުން ހަތަރު މަހެއްހާ ދުވަސް ކުރިން ނިންމައި އެކަން ކަމާބެހޭ އިދާރާތަކަށް މިހާރުވާނީ ހުށަހަޅާފައި”.

ސަޢީދު މިހެން ވިދާޅު ވިއިރު އައްޑޫސިޓީގެ ގޭގެއަށް ލައިން ޗާޖުގެ ގޮތުގައި މިމަހުވެސް ވަނީ 30 ރުފިޔާ ނަގާފައެވެ. އެފައިސާ ކެނޑިކަމެއް އަދި އެނގިފައެއް ނުވެއެވެ.

 

1 ކޮމެންޓް
މުހުންމަދު
ޖެނުއަރީ 25, 2020
ސޯބޭއަށް އަދަތެކަން އެގެނެކަން ވަރައް ރަންގޅަ