English Edition
Dhivehi Edition

ގެސްޓް ހައުސް ވިޔަފާރި ހިންގާ ހުރިހާ ރަށަކަށް ވެބްސައިޓް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ

މަލީހު ވިދާޅުވީ ސައިންސް މިނިސްޓްރީއަށް 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ހާއްސަ ވައުދުތަކެއް ނެތްކަމަށާއި އެހެންނަމަވެސް ވައުދުތަކުގެ ތެރެއިން ހިމެނޭ ގެސްޓްހައުސްތަކުގެ ވައުދާއި ގުޅޭ ވެބްސައިޓެއް ތައްޔާރު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީއާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކުރި ދުވަހުން ފެށިގެން ވެބްސައިޓްތައް ޑިޒައިންކޮށް ހެދުމުގެ މަސައްކަތްތައް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މަލީހު ވިދާޅުވިއެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ ވެބްސައިޓްތައް ހެދުމަށްފަހު ހަވާލު ކުރާނީ ކޮން ފަރާތަކާތޯ ނިންމާފައިނުވާ ކަމަށާއި ވެބްސައިޓް ބެލެހެއްޓުން ކައުންސިލް ނުވަތަ ޓޫރިޒަމް މިނިސްޓްރީއަށް ހަވާލު ކުރެވޭނެ ކަމަށެވެ

މި ވެބްސައިޓްގައި ކޮންމެ ރަށެއްގައި ހިމެނޭ އާސާރީތަންތަނާއި ޓޫރިސްޓް ޑެސްޓިނޭޝަންތަކާއި ގެސްޓްހައުސްތަކާއި ކައުންސިލާބެހޭ މައުލޫމާތާއި ރަށުގެ އާބާދީއާ، ރަށަށް ހާއްސަވާ ކަންތައްތަކާއި ބަންދަރާ ރަށާއި ގުޅޭ ހުރިހާ މައުލޫމާތެއް ހިމެނުމަށްވަނީ ނިންމާފައެވެ