English Edition
Dhivehi Edition

މާފަންނު ވީބީ މާޓު ކައިރީ ހުރި އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެއެވެ.

ހަބަރު ލިބިފައިވާ ގޮތުގައި ޒުވާނާ ވެއްޓިފައި ވަނީ ފަސްބުރީގެ ގެސްޓް ހައުސް އަކުންނެވެ.

“އޭއޯ” އަށް މައުލޫމާތު ލިބިފައި ވާގޮތުގައި، މިއަދު ހެނދުނު ހިނގި މިހާދިސާގައި މަރުވެފައިވަނީ އުމުރުން22އަހަރުގެ އަހްމަދު ޔަޝް ނަމަކަށް ކިޔާ ޒުވާނެެކެވެ.

މި ކަމާއި ގުޅޭގޮތުން އައިޖީއެމްއެޗް އިން ވިދާޅުވީ ވެއްޓުނު ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައިކަމަށެވެ.

ހެންދުނު ހައެއް ޖަހާކަން ހާއިރުހިނގި މިހާދިސާގައި އެޒުވާނާ ވެއްޓުނު ސަބަބެއް އަދި ނޭނގެ އެވެ.

ފުލުހުން މިހާރު ދަނީ މި ހާދިސާއިތުރަށް ތަހުގީގު ކުރަމުންނެވެ.