English Edition
Dhivehi Edition
ރައީސް ނަޝީދް ހުޅުމީދޫ ގައި ރައްޔިތުންނާއި ބައްދަލު ކުރައްވަނީ-- ފައިލް ފޮޓޯ:

ރަލާއި އޫރުމަހުގެ ވިޔަފާރީގެ ފައިދާ ބޮޑު ނަމަވެސް އެތަކެއްޗާއި ނުލައިވެސް ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ކުރެވިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރަލާއި އޫރުމަހުގެ ވިޔަފާރީގެ ފައިދާ ބޮޑު ނަމަވެސް އެތަކެއްޗާއި ނުލައި، އެތަކެތި ނުވިއްކާ ވެސް ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ކުރެވިދާނެ ކަމަށެވެ.

ރަލުގެ ވިޔަފާރި ކުރުމުން އިންތިހާއަށް ފައިދާވެ މުއްސަނދިވާނެކަމަށް ވިދާޅުވެ، ރައީސް ނަޝީދު މީގެ ކުރިން ވާހަކަ ދައްކަވާފައިވާއިރު އޭރު އެމަނިކުފާނަށް ގިނަ ބަޔަކު ދިޔައީ ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ އިސް ބޭފުޅުންނާއި ދީނީ ބޭފުޅުން ހިމެނެއެވެ.”އެހެންނަމަވެސް ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން.” ރައީސް ނަޝީދު ކުރީގައި ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދް ވިދާޅުވީ އެމްޑީޕީ އަކީ މޮޅުބައެއް ތިބި ޕާޓީއެއް ކަމަށާއި އެޖެންޑާ 19 އެކުލަވާ ލާފައިވަނީ ގައުމު ތަރައްގީ ކުރުމުގެ ނިޔަތުގައި ކަމަށެވެ. “އެޖެންޑާ 19 އިގެ އަމާޒަކީ ރާއްޖެ ބަދަލުކުރުން، އެހެންވީމާ އެކަން ކުރާނެ” ނަޝީދު ވިދާޅުވިއެވެ.