English Edition
Dhivehi Edition
ސަން ފޮޓޯ/ފަޔާޒު މޫސާ

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ

ދިވެހިރާއްޖޭގެ އަޑުގެ 56 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ރައްޔަތުންގެ ފާޑުކިޔުންތައް ޕީއެސްއެމްއަށް ރައްދުވެފައިވާކަމަށާއި އެހެންކަމުން ރައްޔިތުންގެ އިތުބާރު ކުރާ މީޑިއާ އަކަށް ޕީއެސްއެމް ހައްދަވައިދެއްވާނެކަމަށެވެ. މި ސަރުކާރުގައި ޕީއެސްއެމް އަށް އެއްވެސް ކަހަލަ ނުފޫޒެއް ނުފޯރުވައި މިނިވަންކަމާއި ހަމަހަމަކަމާ އެކު ހަބަރާއި މައުލޫމާތު ގެނެސްދިނުމުގެ ފުރުސަތު ދެއްވާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ

މީގެ އިތުރުން ރައީސް ވިދާޅުވީ ނޫސްވެރިން ކުރާ މަސައްކަތުގެ ސަބަބުން މި ސަރުކާރުން ނޫސްވެރިން ގެންގޮސް ބަންދުނުކުރާނެ ކަމަށާއި ނޫސްވެރިންނަށް އެ މީހުންގެ މަސައްކަތް ކުރުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ. މގެ އިތުރުން ރައީސްވަނީ ނޫސްވެރިން މިނިވަންކަމާ އެކު ތިބެ ތެދު މައުލޫމާތު ގެނެސްދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ..