English Edition
Dhivehi Edition

އިންޓަރ ސްކޫލް ލަވަ މުބާރަތް 2023 ގެނައުމަށް ދިރާގުން ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އާއެކު ޕާރޓްނަރޝިޕް އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ.

މިއަހަރުގެ އިންޓަރ ސްކޫލް ލަވަ މުބާރާތް ކުރިއަށްދާނީ 16 ން 20 ޖޫންއަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ލައިވްކޮށް ޔެސް ޓީވީއިން ދައްކާނެއެވެ. މިއަހަރުގެ މުބާރާތުގައި 32 ސްކޫލަކުން 270 އަށްވުރެ ގިނަ ދަރިވަރުން ހަ އުމުރުފުރައިގައި ބައިވެރިވާނެއެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ އިތުރުން އަތޮޅުތަކުގެ ގިނަ ސްކޫލްތަކެއްވެސް ހިމެނެއެވެ.

“ޕީ.އެސް.އެމްއާއެކު އިންޓަރ ސްކޫލް ލަވަ މުބާރާތް އަނެއްކާވެސް ޓީވީތަކަށް ގެނައުމަށް އެއްބާރުލުންދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ދަރިވަރުންގެ މިއުޒިކީ ހުނަރުތައް އިތުރަށް ދައްކާލައި އެ ހުނަރު އިތުރަށް ކުރިއަރުވާ ތަރައްޤީކުރުމަށް އެޅޭ ފިޔަވަޅެއް. އެހެންކަމުން މިކަން މަގުފަހިކޮށްދިނުމަށް އެކުދިންނަށް އެހީތެރިވެދިނުމަކީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއް،” ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ.

މެދުކެނޑުމަކަށްފަހު އަނެއްކާވެސް މި މުބާރާތް އަލުން ގެނައުމަކީ އަޅުގަނޑުމެން ނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި މި މުބާރާތް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ދިރާގުން ދެމުންގެންދާ އެއްބާރުލުމަށް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،” ޕީ.އެސް.އެމްގެ ސްޕޯކްސްޕަރސަން، ޒީކް މުޙައްމަދު ރިޒާ ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އަދި އެފަރާތްތަކަށް އިތުރު ފުރުސަތުތަށް ފަހިކޮށްދޭ ތަފާތު ހަރަކާތްތައް ގެނެސްދީ އެފަދަ ކަންކަމަށް އެއްބާރުލުންދިނުމަށެވެ.