English Edition
Dhivehi Edition

2019 ވަނަ އަހަރު އަންހެނުންގެ ޤައުމީ ވޮލީ ބޯޅާ ސްކޮޑް ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ

މިއަދު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު އިއުލާނުގައި ބުނީ ޤައުމީ ޓީމުތައް ބައިނަލް އަޤުވާމީ މުބަރާތްތަކަށް ތައްޔާރުވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މި ގޮތުން ޤައުމީ ސީނިއަރ އަންހެން އަދި ޖޫނިއާރ އަންހެން ޓީމަށް ކުޅެންބޭނުންވާ ކުޅުންތެރިންނަށް 24 ޑިސެމްބަރ 2018 އިން ފެށިގެން 12 ޖަނަވަރީ 2019 އާއި ހަމައަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެ އެސޯސިއޭޝަނުންވަނީ ބުނެފައެވެ. ޤައުމީޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް ވޮލީބޯޅަ އެސޯސިއޭޝަންގެ އޮފީހުންނާއި، ފޭސްބުކްޕޭޖުން ލިބެން ހުންނާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ބުނެފައެވެ

މީގެ އިތުރުން އެ އެސޯސިއޭޝަނުން ބުނެފައިވަނީ ޤައުމީޓީމަށް ކުޅުމަށް ކޯޑްއޮފް ކޮންޑެކްޓްގައި ސޮއިކޮށް، އެގުރިމަންޓް ކުރެވިފައިވާ ކުޅުންތެރިން އަލުން މި ފުރުސަތަށް އެދެން ނުޖެހޭނެކަމަށެވެ