ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ނެޝެނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އާއި ގުޅިގެން އައްޑޫ ސިޓީގައި ރެފްރީން ތަމްރީން ކުރުމުގެ ކޯހެއް ފަށަން ހަމަޖެހިފައިވާ ކަމަށް އެފަރާތުން ބުނެފިއެވެ.
މިއަދު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު އިއުލާނުގައި ބުނީ ، މިކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2019ޖޫން 16 އިން 29 ޖޫން އާހަމައަށް ކަމަށެވެ.
މިކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތަތަކުން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 12 މެއި 2019 ވަނަދުވަހުގެ 14:00 ގެ ކުރިން ވޮލީބޯލް އެސޯސިއޭޝަންއޮފް މޯލްޑިވްސް އަށް ހުށަހެޅުއްވުމަށް އެފަރާތުން އެދެއެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމް ފޮނުއްވާ ފަރާތްތަކުން އެ އެސޯސިއޭޝަންގެ އީމެއިލް[email protected] އަށް ފޮނުއްވައިދެއްވުމަށް ވެސް އެފަރާތުން އެދެއެވެ.
މީގެއިތުރުން ވޮލީބޯލް އެސޯސިއޭޝަނުން ބުނީ، މި ކޯހަށް އެދޭ ފޯރމް އެސޯސިއޭޝަނުން ލިބެންހުންނާނެ ކަމަށާއި މިކޯހާއި ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާނަމަ އެސޯސިއޭޝަންގެ ނަމްބަރ 3317015 އަށް ގުޅުއްވުމުން މައުލޫމާތު ސާފުވާނެކަމަށެވެ.