English Edition
Dhivehi Edition
ފޮޓޯ:އަވަސް އެމްވީ

އަލަށް އުފެއްދުމުގެ ހުއްދަ އަށް އެދުނު ދެ ޕާޓީއެއްގެ ނަން އެކަށީގެންވާ ނަމަކަށް ނުވާތީ އެ ދެ ޕާޓީ އުފައްދަން ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ

މިއަދު އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އަލަށް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅީ ދަ ގްރޭޓް ގްރީން ކަނެކްޝަން ނަމަކަށް ކިޔާ ޕާޓީ އާއި މޯލްޑިވްސް އެކްޝަން ޕާޓީ ގެ ނަމަކީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ކަމަށް ކޮމިޝަނަށް ނުފެންނާތީ އެ ދެ ނަމުގައިި ޕާޓީ އުފައްދަން ހުއްދަ ނުދޭން ނިންމީ ކަމަށެެވެ

މަޖިލީސް އިންތިހާބާއި ދިމާކޮށް ގިނަ ޕާޓީތަކެއް އުފައްދަމުން އަންނައިރު އީސީ އިން ވަނީ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީީޑީ) އުފައްދަން ހުއްދަދީފައެވެ