English Edition
Dhivehi Edition

އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކުރުމަށް މިނިސްޓްރީގެ ފެންވަރުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކުރުމަށްޓަކައި އަގުތައް ކަނޑައަޅައި، ރައީސް އޮފީހަށް ފޮނުވާފައިވާކަމަށެވެ. އަަދި އެކަމާ ގުޅޭގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން މަޝްވަރާކުރުމަށްފަހުކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ

މިދިޔަ ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކޮށް، އަގުތަކުގެ ތަފްސީލީ މަޢުލޫމާތު ދެދުވަހެއްގެ ތެރޭގައި އިއުލާންކުރާނެކަމަށެވެ.އޭގެ ފަހުން ހަފްތާއެއްވީއިރުވެސް އުދުހުންތަކުގެ އަގު ތިރިކުރެވިފައިނުވާތީ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މިކަމާއި ގުޅިގެން ފާޑުކިޔަމުންނެވެ