ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައީ ހަސަދަ ފިލުވުމަށާއި ބަދަލު ހިފުމުގެ ރޫހުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ
ޔާމީނާ މެދު ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތް ކުށްވެރިކޮށް، ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު އައުމުގެ މައިގަނޑު މަގްސަދަކީ ޔާމީނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ކުރީގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ އިސް މެމްބަރުން ހައްޔަރުކުރުން ކަމަށެވެ. މީގެ އިތުރުން އަބްދުއް ރަހީމް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތްތަކެއްކޮށް ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމަށް އައި ސަރުކާރެއް ނޫން ކަމަށާއި ސަރުކާރަށް މާ ބޮޑެތި ކަންތައްތަކެއް ކުރެވިދާނެ ކަމަށް ރައްޔިތުން އުންމީދު ކުރާނެ ކަމެއް ނެތް ކަމަށެވެ
ކުރީގެ ރައީސް ޔާމީގެ ދިފާއުގައި ވާހަކަދައްކަމުން އަބްދުއް ރަހީމް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ޔާމީން ހައްޔަރު ނުކުރެވޭނެ ކަމަށާއި ޔާމީން ވެރިކަން ކުރެއްވީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ، އަދި ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ރައީސް ޔާމީން ކުރައްވާފައި ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ .