ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله, ރަސްމީ ދަތުރުފުޅެއްގައި ރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
އަބްދުއްރަހީމް ޗައިނާއަށް ވަޑައިގެންފައި ވަނީ އެ ގައުމުގެ ބެއިޖިންގް ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “2024 އިންޓާ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް” ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
އެމަނިކުފާނު މި މަހުގެ 18 އިން 23 އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.