English Edition
Dhivehi Edition

ރަންބީރު ކަޕޫރާއި އާލިއާ ބަޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާލިިއާގެ ބައްޕަ މަހޭޝް ބަޓް ކަށަވަރުކޮށް ދީފި އެވެ

މި ދެތަރިންގެ ގުޅުމާއި ބެހޭ ގޮތުން މީޑިއާގައި ގިނަ ވާހަކަތަކެއް ގެނެސްދެމުންދާއިރު މިއީ ދެ ތަރިންގެ އާއިލާގެ ފަރާތުން މިކަމާއި ބެހޭގޮތުން މީޑިއާގައި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.ރަންބީރު އާއި ބެހޭ ގޮތުން ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި މަހޭޝް ބުނީ ރަންބީރަކީ ވަރަށް ރަގަޅު ޒުވާނެއްކަމަށެވެ. އަދި އެއީ އޭނާގެ ދަރިފުޅަށް އެންމެ އެކަށީގެންވާ ބައިވެރިިޔާ ކަމަށާއި އެ ގުޅުމާ ދޭތެރޭ އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. މީގެ އިތުރުން މަހޭޝް ބުނެފައިވަނީ އެ ދެތަރިންގެ ގުޅުން ކުރިއަށް ގެންދާނެ ގޮތަކާއި ގެންދާނެ ހިސާބެއް އެނގޭނީ އެ ދެމީހުންނަށް ކަމަށެވެ

މީގެ އިތުރުން މަހޭޝް ބުނީ 21 ވަނަ ގަރުނާ ހަމައަށް އައި އިރު ކައިވެނީގެ ގުޅުމާ ދޭތެރޭ މީހުން ދެކޭ ގޮތަށް ވަރަށް ބޮޑު ބަދަލުވެފައިވާކަމަށާއި އެހެންކަމުން އާލިއާ އާއި ރަންބީރުގެ މިސްރާބު ހުރީ ކައިވެންޏަކާ ދިމާލަށްތޯ ބުނާކަށް ނޭގޭކަމަށެވެ

އާލިއާ އާއި ރަންބީރު ރައްޓެހިވެގެން އުޅޭކަން އާ ބައްޕަ މަހޭޝް ކަށަވަރުކޮށް ދިން ނަމަވެސް އެ ދެ ތަރިން މިހާތަނަކަށް އެކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނެތެވެ.