English Edition
Dhivehi Edition

މާލެގައި ސުވިމިންޕޫލެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މާލޭ ސިޓީކައުންސިލުން ނިންމައިފިއެވެ

މިއަދު ސިޓީ ކައުންސިލް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މާލޭ ސިޓީގައި ސުވިމިންޕޫލެއް އެޅުމަށް ހިޔާލުހޯދުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އޮން ކޮމިއުނިޓީ އެމްޕަވަރމަންޓު ގެ ފަރާތުން އެ ކައުންސިލަށް ހުށަހަޅާފައިވާތީކަމަށެވެ

ކައުންސިލް އިން ބުނެފައިވަނީ ސުވިމިންޕޫލް އެޅުމާއި ގުޅޭގޮތުން ހިޔާލު ހޯދުމަށް ބުދަ ދުވަހުގެ ރޭ 20:30 ގައި އިސްކަންދަރު ސްކޫލު ހޯލުގައި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ

މީގެ އިތުރުން މާލެ ކައުންސިލުން ބުނެފައިވަނީ ސުވިމިން ޕޫލުގެ އިތުރުން މާލޭ އެކި ސަަރަހައްދުތަކުގައި ކަސްރަތުކުރުމަށް ޖިމް އެކުއިޕްމަންޓު ބެހެއްޓުމަށްވެސް ޔޫތް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަކަމަށެވެ