ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނިކުންނައިރު އެއްގޮތަކަށްވެސް ކުރީގެ ރައީސް ޔާމީން މަތިން ހަނދާން ނައްތާލައިގެން ނުވާނެކަމަށާއި ފޯކަސް އެހެން ދިމާލަކަށް ބަދަލުކޮށްގެން ނުވާނެ ކަމަށް ނިބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒް މިހެން ވިދާޅުވީ ރޭ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް، ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވުމަށް މ.ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ
ރިޔާޒް ވިދާޅުވީ ކުރީގެ ރައީސް ޔާމީން ސިޔާސީ ގޮތުން މި ޤައުމަށް ދިން އަނިޔާވެރިކަމާއި މުޅި މި މުޖުތަމަޢުގައި، މުޅި މި ސިސްޓަމް ފުނޑާލައިގެން ކުރި ކަންކަން ހަނދާން ނައްތާލައިގެން ނުވާނެކަމަށެވެ.” އަޅުގަނޑުމެންގެ ފޯކަސް އެހެން ދިމާލަކަށް ބަދަލުވެގެން ނުވާނެ” ރިޔާޒް ވިދާޅުވިއެވެ
މީގެއިތުރުން ރިޔާޒް ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ މެންބަރުން ހިމެނޭ ޕާޓީއަކީ ޖުމްހޫރީ ޕާޓީކަމުގައި ހައްދަވާނެކަމަށެވެ
ކުރީގެ ރައީސް ޔާމީންއަށް ފާޑުވިދާޅުވެ ވާހަކަދައްކަމުން ރިޔާޒް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަދި މަރު ނުވާކަމަށާއި އެމަނިކުފާނު ދުނިޔޭގައި ހުންނެވިކަމަށެވެ. އަދި އެއީ ވަރަށް ވިކެޑް (ވަރަށް ނުލަފާ) ބޭފުޅެއްކަމަށް ރިޔާޒް ވަނީ ވިދާޅުވެފައެވެ.