އަސްކޮއި ޖަމާއަތުގެ ހަވާލުގައި އުމްރާ އަށް ދާން ފައިސާ ދެއްކި 50 މީހުންނަށް ފޭކް ޓިކެޓްތަކެއް ވިއްކި މައްސަލާގައި އެ ގްރޫޕަށް ޓިކެޓް ވިއްކި ޑީބީ ޓްރެވަލްސްގެ ވެރިޔާ ހައްޔަރުކޮށްފިއެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ސްރީލަންކާ އަށް ފުރަން އުޅެނިކޮށް އައްޑޫ އިން ހައްޔަރުކޮށްފައިވަނީ ކ. ގުޅި ރޯޒްމީޑް، ހަސަން ނިޝާނެވެ.ވަގު ޓިކެޓުތައް ސްރީ ލަންކަން އެއާލައިންސްގެ ނަމުގައި ހަދާފައިވާއިރު ދަތުރުގެ މަންޒިލާއި ފުރަން ހަމަޖެހިފައި ތިބި މީހުންގެ ނަންތައް ޓިކެޓުގައި ހުރި ނަމަވެސް ފްލައިޓު ނަންބަރު އޮތީ ނުބައިކޮށެވެ
މި މައްސަލަ ފެންމަތިވެފައިވަނީ އުމްރާއަށް ފުރަން އިއްޔެ މެންްދުރު އެއާޕޯޓަށް ގޮސް ޗެކިން ކައުންޓަރަށް ދިއުމުންނެވެ
އަސްކޮ ހައްޖު، އުމްރާ ގްރޫޕުން އުމްރާ އަށް ފުރުމަށް ހަމަޖެހިފައިވާ މީހުންގެ ޓިކެޓް 2-3 ކުންފުންޏަކާ ހަވާލުކޮށް ގަނެފައިވާއިރު މައްސަލަ ޖެހިފައި ވަނީ ސަމްހާ ގްރޫޕް އިންޓަނޭޝަނަލްގެ ފަރާތުން ގަތް ޓިކެޓުތަކުގަ އެވެ
ސަމްހާ ގްރޫޕްގެ މެނޭޖިން ޑައިރެކްޓަރު އަބްދުއްރަޝީދު އަބްދުﷲ ވިދާޅުވީ އެ ކުންފުންޏާ ގުޅިގެން 216 ޓިކެޓު ގަތުމަށް އަސްކޮއި އިން ހަވާލުކޮށްފައިވާ ކަމަށާއި އެ ހުރިހާ ޓިކެޓުތަކެއް ވެސް ގަނެފައި ވަނީ ޑީބީ ޓްރެވަލްސް ކިޔާ ބައެއްގެ އަތުން ކަށެވެ
މި މައްސަލަ މިހާރު ފުލުހުން ތަހްގީގުކުރަމުން އަންނަ އިރު އިއްޔެ ނުފުރުނު ބައެއް މީހުން މިއަދުވަނީ ފުރުވާލާފައެވެ