English Edition
Dhivehi Edition
1436 ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތައް ފުރުން - ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ޕާމިޓް ލިބުނު ފަރާތްތަކުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ސައުދީ އަރަބިއްޔާ އިން އިލްތިމާޒުކޮށްފިއެވެ.

ސައުދީ އަރަބިއްޔާ އިން ބުނީ ހައްޖުގެ އަޅުކަން އަދާކުރުމަށް، ޕާމިޓް ލިބޭތާ 48 ގަޑިއިރު ތެރޭގައި ވެކްސިން ސެންޓަރަކުން ވެކްސިނުގެ ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

ސައުދީ އިން ވަނީ މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެނީ 18 އަހަރާއި 65 އަހަރާއި ދެމެދުގެ 60،000 މީހުންނަށްކަމަށް ކަނޑައަޅާފައެވެ. އަދި ސައުދީގައި މިވަގުތު ދިރިއުޅެމުން އަންނަ މީހުންގެ ތެރެއިން ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް އެ ގައުމުން ވަނީ ނިންމާފައެވެ.