English Edition
Dhivehi Edition
ޑިސެމްބަރު 2017 ގައި ހައްޖު ކޯޕަރޭޝަންގެ ދަށުން އުމްރާ އަށް ދިޔަ އުމްރާވެރިން މައްކާގައި - ފޮޓޯ: ހައްޖު ކޯޕަރޭޝަން

ޢުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދެވިފައިވާ ހުރިހާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކޮށްދީފިއެވެ،

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން އުމްރާއަށް ގެންދަން މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަށް އެ ހުއްދަ ބޭނުން ކުރެވޭނެ ކަމަށް ކަނޑައަޅާފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ކޮވިޑް-19އިގެ ސަބަބުން މިދިޔަ އަހަރާއި މިއަހަރުވެސް އެ ކުންފުނިތަކަށް އުމްރާ ދަތުރުތައް ރާވާ ހިންގުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައިނުވާތީ އުމްރާއަށް މީހުން ގެންދިޔުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރު ކުރަން ނިންމާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ 24 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން މި ގޮތަށް އަމަލު ކުރުމަށް އެ މިނިސްޓްރީން ނިންމާފައިވާއިރު، މިދިޔަ މަހުގެ ސައުދީއިން ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ބޭރު މީހުންނަށް އުމްރާ ކުރުމުގެ ހުއްދަ ދޭން ފަށާފައެވެ.

ރާއްޖޭގައި އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަދީފައިވަނީ 37 ކުންފުންޏަކަށެވެ.

ޓެގު