English Edition
Dhivehi Edition

މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި ހެއިލީ ބޯލްޑްވިން ކައިވެނިކޮށްފައިވާ ކަމަށް ބީބާ ބުނެފިއެވެ.

މީޑިއާގައި މި ދެތަރިންގެ ކައިވެނިކޮށްފައިވާކަމަށް ވާހަކަދެކެވޭތާ ދުވަސްތަކެއް ވެފައިވާއިރު މިއީ މި ދެތަރިންގެ ފަރާތުން މިކަން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ. ހެއިލީ އާއި ބީބާ ޖުލައި މަހުގެ 8ވަނަ ދުވަހު އެންގޭޖްވެފައިވާއިރު ދެމީހުން ކައިވެނިކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައެވެ.ހެއިލީ އާއި ބީބާގެ އެންގޭޖްމަންޓާ ބެހޭ ވާހަކަތައް މީޑިިއާތަކުގައި ވަރަށް ގަދައަށް ދެކެވުނު އިރު ވެސް، ދެ މީހުން ރަސްމީކޮށް އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ.

މި ދެތަރިންގެ ކައިވެނީގެ ވާހަކަދެކެވޭތާ އެތައް ދުވަހެއް ފަހުން އިންސްޓަގްރާމްގައި ހެއިލީއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ބީބާ ބުނެފައި ވަނީ “މައި ވައިފް އިޒް އޯސަމް” ކަމަށެވެ. އެހެންކަމުން ދެ ތަރިން ކައިވެނިކުރި ސީދާ ތާރީހެއް އެއްވެސް ބަޔަކަށް ޔަގީންކޮށް އެގިފައި ނެތްނަމަވެސް ދެތަރިން ކައިވެނިކޮށްފިކަން މި ވަނީ ޔަގީންވެފައެވެ.

މި ދުވަސްކޮޅު މިއުޒިކާއި ތަންކޮޅެއް ދުރުގައި އުޅެމުންދާ ބީބާ ކުރިން ރައްޓެހިވެގެން އުޅުނު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒްގެ ސަބަބުން، ވަރަށް ފަހުންވެސް ހެއިލީ އާއި ދެމެދު ވަނީ މައްސަލަތައް ޖެހިފައެވެ.