English Edition
Dhivehi Edition

މަޝްހޫރު އެމެރިކަން މޮޑެލް، ހައިލީ ބީބާ އަށް މިނީ ސްޓްރޯކެއް ޖެހި ބަލިން ފަސޭހަ ވެފައި ވާކަމަށް ހައިލީ ބުނެފިއެވެ.

ހައިލީ އަށް ޖެހުނު ސްޓްރޯކަށް ފަހު ބުނެފައިވަނީ މި ހާދިސާއާ އޭނާ އަށް ދިމާވީ މިދިޔަ މާރިޗް މަހުގައި ކަމަށެވެ. އުމުރުން 25 އަހަރުގައި ސްޓްރޯކް ޖެހުމުން ހައިލީ ބުނީ، އެ ހާދިސާ ހިނގައި ދިޔަދުވަހު އެންޒައިޓީ އާއި ހެދި އޭނާގެ ބަލި އިތުރަށް ބޮޑުވިކަމަށެވެ.

ޑެއިލީ މެއިލް އަށް އިންޓަވިއު ދެމުން ހައިލީ ކިޔާދީފައިވަ ގޮތުގައި އޭނާ އަށް ސްޓްރޯކް ޖެހުނީ ފިރިމީހާ ޖަސްޓިން ބީބާ އާއި އެކު ހެނދުނު ސައިބޯން ހުއްޓައެވެ. އެބިރުވެރި ހާދިސާ ކިޔާދެމުން ހައިލީ ބުނެފައިވަނީ އޭނާ ގެ ކަނާއަތް ކުއްލިޔަކަށް އައްސި ވެ އިނގިލިތައްވެސް އައްސި ވެ އަނގަ އެއްފަރާތަކަށް ދަމާފައިވާ ކަމުގެ އިހުސާސެއް ވިކަމަށެވެ. އަދި އެވަގުތު ފިރިމީހާ ވެގެން އުޅޭގޮތް އަަހަމުން ދިޔަ އިރުވެސް އޭނާ އަށް ވާހަކަ ނުދެއްކުނު ކަމަށެވެ. އެވަގުތު ޖަސްޓިން އަށް ހައިލީ ގެ ހާލަތު ގޯސް ކަމަށް ހީވުމުން އަވަހަށް ޕެރަމެޑިކް އަށް ގުޅައި ހައިލީ ހޮސްޕިޓަލަށް ގެންދިޔަކަމަށް ހައިލީ ބުންޏެވެ.

ބަލި ދަނެގަތުމަށްފަހު ޑޮކްޓަރުން (ޓްރާންސިއެޓް އިސްކެމިކް އެޓޭކް- ޓީ. އައި. އޭ) މިނީ ސްޓްރޯކެއް ޖެހިފައިވާ ކަމަށް ހައިލީގަތު ބުނި ކަމަށް އޭނާ ބުނެއެވެ. ހައިލީގެ ބަލި ކިޔައިދެމުން އޭނާ އިތުރަށް ބުނެފައިވަނީ، އޭނަގެ ހިތުގައި، އުފެދުމުގައި ހުރި ލޯވަޅަކުން ގަނޑު ލޭކޮޅެއް ސިކުންޑިއާ ހަމައަށް ދަތުރުކޮށް ސްޓްރޯކް ޖެހުނީ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި މިހާރު އެލޯވަޅު ބެއްދުމަށް ސާރޖަރީއެއްކޮށް ގަނޑު ލޭކޮޅުވެސް ފިލާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ހައިލީގެ ބަލި ފަސޭހަވީ ނަމަވެސް އޭނާ އަށް މުއްދަތެއް ނެތް ގޮތުގައި ލޭ ތުނިކުރާ ބޭސް ބޭނުން ކުރަންޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ހައިލީ ބަލިވުމާއެކު އޭނާގެ ފިރިމީހާ، މަޝްހޫރު ލަވަކިޔުން ތެރިޔާ ޖަސްޓިން ބީބާ ވަރަށް ބޮޑަށް ހިތާމަކޮށް އޭނާ ދޫކޮށް އެންމެ ހިނދު ކޮޅަކުވެސް ހޮސްޕިޓަލުން ނުދާކަމަށް އާއިލާ މީހުން މީޑިއާތަކަށް ދެމީހުންގެ ހާލަތާ ބެހޭގޮތުން މައުލޫމަތު ދެމުން ބުނެފައި ވެއެވެ.

ޖަސްޓިން ބީބާ ހައިލީ އާއި ލޯބީގެ ގޮތުން ގުޅުނީ 5 އަހަރު ވަންދެން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް އާއި ރައްޓެހިވެގެން އުޅެފައެވެ. ހައިލީ އާއި ޖަސްޓިން 2015 އިން 2016 އާދެމެދު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވި ކަމަށް އަޑުފެތުރުނެވެ. އޭގެފަހުން އަލުން ގުޅި، ހައިލީ އާއި ޖަސްޓިން ކައިވެނި ކުރީ ފަހުން ރައްޓެހިވެގެން އުޅުނުތާ އެންމެ 4 މަސް ފަހުންނެވެ. މި ދެތަރިން ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.