English Edition
Dhivehi Edition

އުމުރުން 24 އަހަރުގެ ކެނޭޑިއަން ލަވަކިއުންތެރިއާ ޖަސްޓިންބީބާ އާއި 21 އަހަރުގެ މޮޑެލް ހައިލީ އެންގޭޖް ވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ބަހާމާސްގައި މިދެތަރިން އެންޖޭޖް ވީކަން ޖަސްޓިންގެ ބައްޕަ ޓްވިޓަރ މެދުވެރިކޮށް ކަށަވަރު ކޮށްދީފައި ވާއިރު ހައިލީގެ ގެ ބައްޕަވެސް ވަނީ ޓްވިޓަރ މެދުވެރިކޮށް މި ދެލޯބިވެރިންނަށް މަރުހަބާ ކިޔާފައެވެ.

މަންޒަރު ދުށްމީހަކާ ހަވާލާދި ޓިއެމްޒެޑް އިން ބުނެފައިވާގޮތުގައި ބަހާމާސްގެ ރެސްޓޯރެންޓެއްގައި ޖަސްޓިންގެ ބޮޑީގާޑުން ވަނީ ހުރިހާއެންމެން ގެ ފޯނުތައް ބޭއްވުމަށާއި އިރުކޮޅަކުން ވަރަށް ހާއްސަ ކަމެއް އެބައޮތްކަމަށް ބުނެފައެވެ. އޭގެ ކުޑަ އިރުކޮޅަކުން ފެނުނީ ޖަސްޓިން ހައިލީ އަށް ޕްރޮޕޯޒްކުރިތަންކަމަށެވެ.

ހައިލީ ރޯޑް ބޮލްޑްވިން އަކީމަޝްހޫރު އެމެރިކަން މޮޑެލްއެކެވެ. ޖަސްޓިން ބީބާ އަކީ ކެނޭޑިއަން ލަވަކިޔުންތެރިއެކެވެ. ބީބާ މަޝްހޫރުވެފައިވަނީ 2008 ވަނަ އަހަރު ޔޫޓިއުބްމެދުވެރިކޮށް ކިޔާފައިވާ ލަވައަކުންނެވެ. ޖަސްޓިން ބީބާ ވަނީ މީގެކުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް އާއި ރައްޓެހިވެގެން ގިނަދުވަސްތަކަކަށް އުޅެފައެވެ.