English Edition
Dhivehi Edition

އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) އާއި ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފި އެވެ

މޯދީ އަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޓްރާންސިޝަން ކޮމެޓީގެ ޗެއާމަން އަބްދުﷲ ޝާހިދުއެވެ.

މޯދީ ރާއްޖެ ވަޑައިގަތުމުގެ ހަފްތާއެއް ކުރިން އެމަނިކުފާނުގެ އެޑްވާންސް ޓީމެއް ވަނީ ރާއްޖެއައިސްފައެވެ. ރާއްޖެއަކީ ފާއިތުވި ހަތަރު އަހަރާއި ބައިގެ ތެރޭގައި މޯދީ ވަޑައިނުގަންނަވާ ދެކުނު އޭޝިއާގެ ހަމައެކަނި ގައުމުކަމުގައިވާއިރު މިއީ މޯދީގެ ބޮޑުވަޒީރު ކަމުގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ

މޯދީ ރާއްޖެ ވަޑައިގަތީ، ނިމިގެން ދިޔަ ސަރުކާރުގައި އިންޑިޔާ އާއި ރާއްޖެއާ ދެމެދު ވަރަށް ބޮޑަށް ގުޅުން ގޯސްފެވައިވަނިކޮށެވެ. ރާއްޖެއަށް ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވިދާޅުވީ ދަތުރުފުޅުގެ ސަބަބުން ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި ރާއްޖެއަށް އުމްރާނީ، ސިއްހީ އަދި އިންސާނީ ވަސީލަތްތަކުގެ ދާއިރާ ތަރައްގީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާ ތައްޔާރަށް އޮތް ކަމަށެވެ.