English Edition
Dhivehi Edition
ރައްޔިތުންގެ މަޖްލިސްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތަޤްރީރު ކުރައްވަނީ

އިންޑިއާގެ އާންމު އިންތިހާބު 2024ގައި ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ދަންނަވައިފިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ބީޖޭޕީ އިން ތިންވަނަ ދައުރަކަށް އިންތިހާބު ކާމިޔާބު ކޮށްފައި ވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ތަރައްގީއާ ހަމަޖެހުން ހޯދުމަށް ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

އިލްކެޓްރޯނިކް ވޯޓިން ސިސްޓަމަކުން މުޅި ގައުމުގައި ކުރިއަށް ގެންދިޔަ އިންތިހާބުން މޯދީގެ ބީޖޭޕީއާއި ކޯލިޝަން ހެދި ޕާޓީތަކާއެކު ލިބުނީ 290 ގޮނޑިއެވެ. މޯދީ އާ ވާދަ ކުރި އިދިކޮޅު ކޮންގްރެސް ޕާޓީއަށް 234 ގޮނޑިވަނީ ލިބިފައެވެ.

. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ލޯވާ ހައުސް ގައި ޖުމްލަ 543 މެންބަރުން ތިބޭއިރު، މެޖޯރިޓީ ހޯދުމަށް އޭގެ ތެރެއިން 272 ގޮނޑި ކާމިޔާބު ކުރަންޖެހެއެވެ.