English Edition
Dhivehi Edition

އަބްދުﷲ ސައީދު ދަންނަ އެއްވެސް މީހަކު، އެ މަނިކުފާނު ރިޝަވަތު ނަގާނެކަމަށް، ގަބޫލުނުކުރާނެކަމަށް އަބްދުﷲ ސައީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިބްރާހީމް ސައީދު ވިދާޅުވެއްޖެއެވެ

އަލްއުސްތާޒު އަބްދުﷲ ސައީދު އަދިވެސް ހުރީ ޖަލުގައި”، މިހެން ޖަހާފައި ހުރި ކަރުދާސްގަނޑެއް ހިފައިގެން، ރައްޔިތުންގެ މަޖިލިހުގެ ކުރިމަތީ، އެކަނިމާއެކަނި ހުރި އިބްރާހިމް ސައީދު ބުނީ ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން އަބްދުﷲ ސައީދު ޖަލުގައި ހުންނަވަން ޖެހޭނެ އެއްވެސް ސަބަބެއް މިހާރު ނެތްކަމަށެވެ. އަދި އޭނާގެ ބޭބެ އަށް ނުހައްގުން ލިބެމުން ދާ އަނިޔާތަކާ ދެކޮޅަށް އެކަނިމާ އެކަނި ވިޔަސް އަޑު އުފުލާނެކަމަށް އިބްރާހީމް ސައީދު ބުންޏެވެ

މީގެ އިތުރުން އިބްރާހީމް ސައީދު ބުނީ އަބްދުﷲ ސައީދު ހައްޔަރުކުރީ ގައުމަށް އޮތް ނުރައްކަލެއް ކަމަށް ފެނިގެންކަމަށާއި އެކަމަކު އޭރު އެގޮތަށް ހައްޔަރުކުރި އެހެން މީހުން ދޫކޮށްލައިފައިވާ ކަމަށެވެ. “ފެބްރުއަރީ 1 ގެ އަމުރުގައި އޮތް ހުރިހާ ކަމެއް ހަމަ އެގޮތަށް ވެ ނިމިއްޖެ” އިބްރާހީމް ސައީދު ބުންޏެވެ

އަބްދުﷲ ސައީދުގެ މައްޗަށް ތިން އަހަރަށް ވުރެ ގިނަ ދުވަހުގެ ހުކުމެއް އައީ، ތަހުގީގަށް ފޯނު ނުދެއްވި މައްސަލަ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސްއެޅި މައްސަލައިގެ އިތުރުން، ސަރުކާރުގެ މުވާސަލާތީ ވިއުގައެއް ކަމަށްވާ ޖެމްސް، ސުޕްރީމް ކޯޓުން ކަނޑާލުމުގެ މައްސަލައިގަ އެވެ. މީގެ އިތުރުން އަބްދުﷲ ސައީދުގެ މައްޗަށްވަނީ ރިޝްވަތުގައި ހިފިކަމުގެ ތުހުމަތުވެސް ކޮށްފައެވެ