އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާން ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއިދުކުރިނަމަވެސް، އުއްތަމަ ފަނޑިރާއި އަލީހަމީދުގެ އަދަބު ދެ ދަރަޖަ ލުއިކުރުމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ
ހައި ކޯޓުން ދެ ފަނޑިޔާރުންގެ އަދަބު ދެ ދަރަޖައަށް ކުޑަކޮށްފައިވާއިރު މިހާރު އަދަބު ވާނީ އެއް އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ލުއިވެފައެވެ