އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އިއްޔެއިން ފެށިގެން މަގާމުން ވަކިވެ، އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ އެވެ.
މި ދެބޭފުޅުން ވަޒީފާއިން ވަކިވެ އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ ، މި ދެބޭފުޅުން ޖަލަށް ލާން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމުމާ ގުޅިގެންނެވެ
ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގައި އަބްދުﷲ ސައީދު އާއި އަލީ ހަމީދު އެއް އަހަރާއި ދެ މަހަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓި މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅެމުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ މައްސަލައިގައި ހައި ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ އަސާސެއް ނެތްކަމަށެވެ.އެހެންވެ އެ މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓަށް ބަލައިގަނެވެން ނެތްކަމަށް އެ ކޯޓުންވަނީ ނިންމާފައެވެ