English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހުންނަވާ މެންބަރު ކަމަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އައްޔަން ކުރަން ފާސްކޮށްފިއެވެ

މަޖިލީހަށް ފާރިސްގެ ނަން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވިއިރު، އެ ހުށަހެޅުމަށް ރޮޒައިނާ އާދަމް ވަނީ ތާއީދު ކުރައްވާފައެވެ

ފާރިސް ޖޭއެސްސީއަށް ކަނޑައަޅަން ފެންނަ ކަމަށް މަޖިލީހުގައި ބައިވެރިވި 68 މެމްބަރުންގެ ތެރެއިން 67 މެމްބަރުން ވަނީ ވޯޓު ދީފައެވެ.އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ

މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވަކިކުރުމަށް މަޖިލީހުން އިއްޔެ ފާސް ކުރުމުންނެވެ